ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއަރޕޯޓްގައި އެއްޗެއް ގޮވާ ހިނގި ހާދިސާގައި ހާލު ސީރިއަސްވި މީހާ މާލެއަށް ފޮނުވައިފިއެވެ.

ކުޅުދުއްފުށީ ރިޖަނަލް ހޮސްޕިޓަލްގެ މީޑިޔާ އޮފިޝަލަކު ހާލު ސީރިއަސް ވި މީހާ އާއި ބެހޭ ގޮތުން މައުލޫމާތު ދެމުން ވިދާޅުވީ އޭނާގެ ކަނާތް ވަނީ ވަރަށްބޮޑަށް ޒަޚަމްވެފައި ކަމަށެވެ. އަދި ބަލިމީހާ ރިފާކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށް ވާތީ އޭނާ މާލެ ފޮނުވާލީ މިއަދު ހަވީރު ޑޯނިއާ މަތިންދާބޯޓުގައިކަމަށް އެ އޮފިޝަލު މައުލޫމާތުދިނެވެ.

މި ހާދިސަގައި ހާލު ސީރިއަސްވީ 31 އަހަރުގެ ފިރިހެނެއްކަމަށާއި ދެން އަނިޔާ ލިބިގެން ފަރުވާ ދީފައިވަނީ 25 އަހަރުގެ އަންހެނަކަށާއި، 28 އަހަރުގެ ފިރިހެނަކަށާއި އަދި 29 އަހަރުގެ ފިރިހެނަކަށެވެ.

މިހުރިހާ އެންމެންނަކީވެސް އެއަރޕޯޓުގެ މުވައްޒަފުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.މީގެ އތުރުން ހާދިސާގައި އަނިޔާވި ބާކީ 3 މީހުންވެސް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫލޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގަން މެދުވެރިވީ އެއަރޕޯޓް ފަޔަރ ޓްރެއިނިންގގައި ބޭނުންކުރާ ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވުމުގެ ސަބަބުންކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *