ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ މަގެއް ހޯދައިދިނުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުއަށް ރާއްޖެއިން ގޮވާލައްވައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވަލާފައިވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ ކުއްލި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް ޚަލީލް ދެއްވި ތަޤުރީރުގައެވެ.

އަދި އިންސާނީ އެހީގެ ޤާފިލާތައް އެތެރެނުވެވޭނެހެން އިސްރާއީލުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް މަސައްކަތްކުރައްވާ، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި އަދި އެނޫންވެސް އަސާސީ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުމަށް ބާރުއެޅުއްވުމަށްވަނީ ބައިނަލްއަޤުވާމީ ދުނިޔެއަށް ރާއްޖޭން ވަނީ ގޮވާލައްވާފައެވެ.

ސްޓޭޓް މިނިސްޓަރ ޙަލީލް ވަނީ ރާއްޖެއާއި ފަލަސްޠީނާއި ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. ބައިނަލްއަޤުވާމީގޮތުން ހުރި ޤާނޫނީ އިމުގެ ތެރެއިން ފަލަސްޠީނަށް އެއްބާރުލުން ދިނުމުގައި ރާއްޖެއިން އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ހަމަމިއާއެކު ފަލަސްޠީނު ރައްޔިތުން ތަހައްމަލުކުރަމުންދާ ކަންތައްތަކާމެދު ދިވެހި ހުރިހާ ރައްޔިތުން ހިތާމަކުރަމުންދާ ކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ޚަލީލްގެ ވާހަކަފުޅުގައިވަނީ އޯ.އައި.ސީ. އުފެއްދި މައިގަނޑު މަޤްސަދަކީ ފަލަސްޠީނާ އެއްކޮޅަށް ވަކާލާތުކުރުންކަމުގައިވީތީ، މިދަނޑިވަޅުގައި އޯ.އައި.ސީގެ މަޤުސަދު ފުރިހަމައަށް ޙާސިލު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *