މިއަހަށް ފާސްކޮށްފައިވާ ބަޖެޓުން ނުފުދި 5.6 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީޙަށް ހުށަހަޅައިފިއެވެ.

މި އަހަރަށް ފާސްކުރީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ސަރުކާރުގެ ހަރަދުތަކަށް ވަނީ 28 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓްގެ 83 ޕަސެންޓް ހަރަދުވެފައެވެ.

އަދި ސަޕްލިމަންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓްގެ ޖުމްލަ 49 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ އެ ބަޖެޓު ހުށަހަޅާފައިވާނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހަށް ވެސް އަންގާ މަޝްވަރާކޮށްގެން ކަމަށެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ކުރިން ލަފާކުރި އަދަދަށް ވުރެ މާބޮޑު އަދަދެއް ތެލަށް ހަރަދުކުރަންޖެހުމުންނާއި، ތަރައްގީގެ މަޝްރޫއުތަކަށް ހިނގާފައިވާ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށް ސަރުކާރުން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *