ފޮރިން މިނިސްޓްރީ

ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ޙަމަލާތަކާއި ގުޅޭގޮތުން ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއަސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.

މިއަދު ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ އިސްލާމިކް ސަމިޓާއި އޯ.އައި.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައިވާ ސައުދީ އަރަބިއްޔާ އިންނެވެ.

މި ބައްދަލުވުމުގައި އޯއައިސީގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާއާއި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް އަދި ފަލަސްތީނުގެ ޚާރިޖީ ވަޒީރު ތަޤްރީރުކުރައްވަން ވަނީ ހަމަޖެހިފައެވެ. އެއަށްފަހު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަފްދުތަކުގެ އިސްވެރިންނަށް ތަޤްރީރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު ޚަލީލް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *