މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ 2023ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ

އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ، އެންމެ ހަރުކަށި ޢިބާރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ކުށްވެރިކުރައްވައިފިއެވެ.

އިޒްރޭލުން އަލްއަހްލީ ހޮސްޕިޓަލަށް ވައިގެ މަގުން ދިން މި ހަމަލާގައި އެތަން އެއްކޮށް ބިމާހަމަވެ 500 އަށް ވުރެއް ގިނަ މައުސޫމް ފަލަސްތީނުން ވަނީ ޝަހީދުކޮށްލާފައެވެ.

ހަމަލާ ކުށްވެރިކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ހޮސްޕިޓަލުތަކަށާއި ކުށެއް ނެތް މީހުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލަފުވާ ހުތުރު އަމަލެއް ކަމަށެވެ. އަދި ރައީސް ސޯލިހް ވަނީ އިޒްރާއީލުން ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ބާރު އަޅައި ޢައްޒާގެ ރައްޔިތުންގެ ހާލަތަށް ލުޔެއް ހޯދައިދިނުމަށް އިންސާނީ ވަސީލަތްތަކާއި އެހީ ފޯރުކޮށްދެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެއްސުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައްވާފައެވެ.

އިސްރޭޢލުން ޣައްޒާއަށް ބޮމުގެ ހަމަލާތަށް ދޭން ފަށާފައި ވަނީ، ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް، 'އޮޕަރޭޝަން އަޤްޞާ ފްލަޑް'ގެ ނަމުގައި އަސްކަރީ ކެމްޕޭނެއް ފެށުމުންނެވެ.

ހަނގުރާމައަށް 11 ދުވަސް ވެފައިވާއިރު މިހާތަނަށް ވަނީ 3000 ހެއްހާ ފަލަސްތީނުން ޝަހީދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *