ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރޭ ދަންވަރު އިޒްރާއީލުން ވަނީ ފަލަސްތީނުގެ ބެޕްޓިސްޓް ހޮސްޕިޓަލަށް ވައިގެ މަގުން ހަަމަލާދީފައެވެ. އަދި މިހާދިސާގައި 500 އެއްހާ ފަލަސްތީނުން ޝަހީދުވިކަމަށް ވަނީ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދު ވިދާޅުވީ ހޮސްޕިޓަލްތަކަށާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް އަމާޒުކޮށްގެން ގަސްތުގައި ހިންގަމުންދާ މި އުދުވާނީ އަމަލުތަކަށް ނިމުމެއް ގެނައުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ. އަދި ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެއްވެސް ހުރަހެއް ނެތި ވަދެވޭނެ ގޮތް ކަށަވަރުކޮށްދިނުމަށްވެސް ޝާހިދު ވަނީ ގޮވާލާފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރި ފަހުން 11 ދުވަސް ވެފައިވާއިރު ފަލަސްތީންގައި ވަނީ 3،000 ހެއް ހާ މީހުން ޝަހީދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *