ޣައްޒާ ސްޓްރިޕާއި ދެކޮޅަށް ފަށާފައިވާ ކެމްޕޭނުގެ ދެވަނަ މަރުހަލާއަށް އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުވަމުން އަންނަ ކަމަށާއި ނަމަވެސް ބިމުން ހަމަލާއެއް އަންނާނެ ކަމަށް ގިނަބަޔަކު ލަފާކުރާ ގޮތާއި އެއްގޮތް ނުވެދާނެ ކަމަށް އަސްކަރިއްޔާގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އެއްގަމު މަގުން ޣައްޒާއަށް ހަމަލާތައް ދިނުމަށް އިޒްރޭލް އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިންނާއި ޓޭންކަރުތަެް ޣައްޒާގައު ތައްޔާރަި ހާލަތުގައި އޮތް ނަމަވެސް މިހާތަނަށް ހަމަލާ ދެމުން ދަނީ ވައިގެ މަގުންނެވެ.
އިޒްރޭލް އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް ރިޗާޑް ހެޗްޓް ވިދާޅު ގްރައުންޑް އޮފަރޭޝަނުގެ ވާހަކަ އެންމެން ދައްކާ ނަމަވެސް އިޒްރޭލުން ދެން ދޭ ހަމަލާތަށް އެންމެ އެ ހިކުރާ ގޮތާއި ތަފާތުވެދާނެ ކަަމަށެވެ.

ހަނގުރާމައިގެ ދެން އޮތް މަރުހަލާތަކަށް ތައްޔާރުވަމުން މިދަނީ. އެކަމަކު ދެން ހަމަލާ ދޭނީ ކިހިނެއް ކަމެއް އަޅުގަނޑުމެން ނުބުނަން. އެންމެން ދައްކަނީ ގްރައުންޑް އޮފެންސިވްގެ ވާހަކަ. އެހެންނަމަވެސް އެއާ ތަފާތު ކަމެއް ކަމަށް ވެދާނެ.

އިޒްރޭލް ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 2،800 އިން މައްޗަށް އަރާފައެވެ.

ރެއިން ފެށިގެން ދެމުން ދިޔަ ވައިގެ ހަމަލާތަކުގައި އެކަނިވެސް ރަފާ ބޯޑަރު ސަރަހައްދާއި ހާން ޔޫނިސް އަވަށުން 71 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިޒްރޭލް އަސްކަރިއްޔާ އިން ވަނީ އިންސާނީ އެހީ އާއި ކާނާއާއި ކަރަންޓާއި ތެޔޮ ފޯރުކޮށްދޭން ތިބި ފަރާތްތަކަށް ޣައްޒާ ވަށައިގެން ބަންދުކޮށްފައެވެ. އިްނސާނީ ބޮޑު ކާރިސާއެއް ޣައްޒާއަށް ކުރިމަތިވެފައިވާއިރު ފަލަސްތީނުގެ މުސްލިމުން ނެތިކޮށްލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 50 އާއިލާ އެއްކޮށް ވޫޖޫދުން ފޮހެލަފައެވެ.

0
0
1
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *