ދަ ޑިމޮކްރެޓްސް އުދެއްދުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން އިލެކްޝަންސް ކޮމިޝަން ކައިރީގައި - ފޮޓޯ: ޓްވިޓަރ/ދަ ޑިމޮކްރެޓްސް

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ފާޓީ، ދަ ޑިމޮކްރެޓްސްގެ މަގާމުތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

ދަ ޑިމޮކްރެޓްސް އިން ބުނީ އެ ޕާޓޯގެ މަގާމުތަކަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް އޮންނާނެ ކަމަށެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 2 ގައެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ދެވޭނީ އަންނަ މަހުގެ 20 ގެ ކުރިން އެ ޕާޓީއަށް ސޮއިކުރާ މެމްބަރުންނަށްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ. އޮންލައިންކޮށް ވެސް ފޯމުތައް ހުށަހެޅޭ ފުރުސަތު އޮތީ ހުޅުވާލައިފައިކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

އެ ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލާން ހުޅުވި މަގާމުތަކުގެ ތެރޭގައި ރައީސް، ތިން ނައިބު ރައީސުންނާއި، އާންމު، އަންހެން އަދި ޔޫތު ވިންގެ އިތުރުން ވިމެން ޑިމޮކްރެޓްސް ލީޑަރާއި، އަދި ޔަންގް ޑިމޮކްރެޓްސް ލީޑަރު ހިމެނެ އެވެ. އަދި ޕާޓީގެ އަތޮޅު ރައީސާއި، އަތޮޅު ނައިބު އަދި އަތޮޅު ވިމެން ޑިމޮކްރެޓް ލީޑަރު އަދި އަތޮޅު ޔަންގް ލީޑަރުގެ މަގާމުވެސް ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ވެސް އިންތިހާބު ކުރާނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީން ވަކިވެ މަޖިލިސް މެމްބަރުންތަކެއް އިސްކޮށް ތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *