އިމްސޯ އާއި އައިއޭއެލްއޭ ގައި ބައިވެރިވުމަށް ރުހުންދިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

2024 ވަނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޑިސެމްބަރު މަހު ޕްރައިމަރީ ބޭއްވުމުގެ ވިސްނުން ހުރިކަމަށް އެޕާޓިން ބުނެފިއެވެ.

މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރައްވަން ނިންމާފައިވެއެވެ. މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކީ 20 ވަނަ ރައްިޔުންގެ މަޖިލީހަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކުރަން ޖެހެއެވެ. މިހާރު ކުރިޔަށްދާ 10 ވަނަ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކެވެ.

އެމްޑީޕީން ބުނީ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި ކަނޑައަޅައިފައި ނެތް ކަމަށެވެ. އެހެންނަމަވެސް ތާރީހަކާ މެދު ޕާޓީ ތެރޭގައި މަޝްވަރާކުރެވެމުންދާ ކަމަށާއި، ޑިސެމްބަރުގައި ޕްރައިމަރީ ބާއްވަން ބޭނުން ވަނީ، މާލޭ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބު ޖެނުއަރީގައި އޮންނާނެތީ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *