2024 ވަނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން 123 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށައެޅި ބަޖެޓަކީ، މި އަހަރުގެ ބަޖެޓަށްވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓަކީ 93 މިލިއަން ރުފިޔާއެވެ. އަންނަ އަހަރަށް ބޭނުންވާ ބަޖެޓު ބޮޑުވުމުގެ ސަބަބަކީ އޮފީސް ހިންގާ އިމާރާތް ބޮޑުވުންކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީސް މިހާތަނަށް ހިންގަމުން އައީ ޣާޒީ ބިލްޑިންގައި ނަމަވެސް އެ ޢިމާރާތް ގިނަދުވަސްވެ ބައު ވުމުގެ ސަބަބުން ތަޅާލާފައިވާތީ މިހާރު އެތަން ހިންގަނީ ކުށްޔަށް ހިފާފައިވާ އިމާރާތެއްގައެވެ.

2024 ވަނަ އަހަރަށް ލަފާކުރާ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓުގައި ރިކަރަންޓު ޚަރަދުގެ ގޮތުގައި 82 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެ ގޮތުން މުވައްޒަފުންގެ މުސާރައަށް ހިނގާނެކަމަށް ލަފާކުރާ 56 މިލިއަން ރުފިޔާ، އިދާރީ ޚިދުމަތްތަކަށް ލަފާކުރާ 15 މިލިއަން ރުފިޔާ، ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 32 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ޑިޕެންޑެންޓު އެލަވެންސެއްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވެއެވެ. އެއީ އެ އޮފީހުގެ މުވައްޒަފުން ފަންނީ އަދި ތަޖުރިބާ ހުރި މުވައްޒަފުންނަށް ހެދުމުގެ ބޭނުމުގައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާއި ވަކިން މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭ ބަޖެޓެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *