ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންގެންދާ ލާއިންސާ ހަމަލާތަކުގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ރާއްޖޭގައި ކުރިޔަށް ގެންދާ ފަންޑް ރައިޒިން ހަރަކާތުން މިހާތަނަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއްވެއްޖެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި އިޒްރޭލް ސިފައިން ވަިއގެ މަގުން ދެމުންގެންދާ ހަމަލާތަކުގައި މުސްލިމު އަހުންނާއި އުހުތުންނަށް ކުރިމަތިވެފައިވާ ދަތިހާލުން އަރައިގަތުމަށް އެހީވުމުގެ ގޮތުން އައިއޭސީ އިން ހުޅުވި ފަނޑަށް ޖަމާކޮށްފައިވާ ފައިސާ އަކީ ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނާއި ސިއްހީ ފަރުވާ ފަދަ ކަންކަމަށް ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ދޭ ހަދިޔާއެކެވެ.

ފަލަސްތީނަށް އެހީވުމަށް އޭއައިސީ އިން ހުޅުވާފައިވާ ފަންޑަށް ފައިސާ ޖަމާކުރަން ބޭޏުންވާ ފަރާތްތަކަށް އަދިވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ފައިސާ ޖަމާކުރާނެ އެކައުންޓް ނަމްބަރަކީ 7770000062741 (އިންޓަނޭޝަނަލް އެއިިޑް ކެމްޕެއިން ގެ ބީއެމްއެލް އިސްލާމިކް އެކައުންޓް) އަށެވެ.

ފަލަސްތީނަށް އެހީވުމަށް އެ ޖަމްއިއްޔާއިން މީޑިއާ ތަކާއި ގުޅިގެން ޓެލެތޯނެއް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. މި ޓެލެތޯން ކުރިޔަށްދާނީ މިއަދު ހެނދުނު 10 ން މިރޭ 00:00 ގެ ނިޔަލަށެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކުގައި މިލިއަނެއްހާ މީހުންގެ ގެދޮރު ހަލާކުވެފައިވާއިރު 2800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ޝަހީދުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މުޅި ޣައްޒާ ހުއްޓުމަކަށްގެނެސް ޔަހޫދީން ހިންގާ މި އިންސާނިއްޔާ ހިލާފު އަމަލު ބައިނަލްއަގްވާމީ ދުނިޔެއަށް ނުހުއްޓުވި މިއަދަށް 10 ދުވަސް ވެގެންދާއިރު އިންސާނީ އެހީ އާއި ކަރަންޓާއި ބޯފެނާއި ތެޔޮ ލިބޭނެ މަގުތައް ވަނީ އިޒްރޭލް ސިފައިން ބަންދުކޮށްފައެވެ. ޣައްޒާގެ އުތުރާއި ދެކުނަށް ބޮން އަޅަމުންދާއިރު ފަލަސްތީނުގެ އާންމުންނަށް ކާބޯތަކެއްޗާއި ބޯފެނާއި ކަރަންޓްވެސް ނުލިބި ޣައްޒާގެ ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މަރުވެފައިވާ މީހުންގެ ހަށިތައް ނުނެގި ގިނަ ދުވަސްތަކެއްވަމުންދާއިރު އެކަންކަމަށް ބައިނަލްއަގްވާމީ އެހީތެރިކަމާއި، ވޮލަންޓިއަރުން ފަލަސްތީނަށް ބޭނުންވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *