އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ)ގެ ވެއާ ހައުސް އަކަށް ސީދާ އަމާޒުކޮށް ޔަހޫދީން ހަމަލާދީފައިވާ ކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ އެ ޖަމިއްޔާ އިން ބުނެފިއެވެ.

ވެއާ ހައުސްއަށް އަމާޒުކޮށްގެން ދިން މި ހަމަލާގައި، ވެއާ ހައުސް ވަނީ އެއްކޮށް ހަލާކުވެފައި ކަމަށް އައިއޭސީން މަޢުލޫމާތުދެއެވެ.

މި ހަމަލާގައި 2،000 ރަޖާ، 1،000 ކާނާ ޕެކް އަދި 3،000 އަންނައުނު ޕެކް ހަލާކުކޮށްލާފައިވާ ކަމަށް އައިއޭސީން ބުނެއެވެ.

މީގެ އިތުރުން އައިއޭސީގެ މުވައްޒަފުން ދަތުރުކުރަމުންދިޔަ ވެހިކަލް އަކަށްވެސް ހަމަލާދީފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އައިއޭސީގެ ވެހިކަލް

މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ވާވަރުގެ އނިޔާއެއް ލިބިފައި ނުވާކަމަށް އައިއޭސީން މަޢުލޫމާތުދެއެވެ.

އައިއޭސީ އަކީ ދިވެހިންގެ ނަމުގައި ހިލެ ސާބަހަށް ފަލަސްތީނުގެ އަޙުންނާއި އުޙުތުންނަށް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާއެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *