އައްޑޫ ސިޓީއަށް މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އެމްއެސްއެސްގެ ކޮންޓެއިނަރ އުފުލާ ބޯޓު، މުދަލާއި އެކު އައްޑޫއަށް ބަނދަރުކޮށްފިއެވެ.

"އެމްއެސްއެސް އޯޕަލް"ގެ ނަމުން ނަންދީފައިވާ މިބޯޓަކީ 20 ރީފާ ކޮންޓެއިނަރު ހިމެނޭހެން 105 ކޮންޓެއިނަރު އުފުލޭ ބޯޓަކަށްވާއިރު މި ބޯޓުގައި ކްރޭންގެ އިތުރުން ސިމެންތިއާއި، ވެލި ފަދަ ސާމާނު އުފުލުމަށް ދެ ފަލްކާވެސް ހުރެއެވެ. އަދ މި ބޯޓުގެ ދިގުމިނުގައި 67.2 މީޓަރު ހުރެއެވެ.

އައްޑޫއަށް އެމްއެސްއެސް އޯޕަލް ބަނދަރުކޮށްފައިވަނީ ބޭރު ޤައުމުތަކުން މާލޭ ކޮމާޝަލް ބަނދަރަށް ގެނެސްފައިވާ މުދާތަކުގެ ތެރެއިން، އައްޑޫއަށް ގެންދިޔުމަށް ހުރި މުދަލާއެކުއެވެ.

އެމްސްއެސްއިން ބުނީ، ކޮންމެ 10 ދުވަހަކުން މި ބޯޓު މުދަލާއެކު އައްޑޫއަށް ދަތުރުކުރާނެ ކަމަށާއި މި ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ އަދި މާލެ ރޫޓުންކަމަށެވެ.

މީގެ އިތުރުން ކުރިއަށްއޮތްތަނުގައިވެސް ވިޔާފާރިވެރިން މާލެއިން މުދާ ގަނެގެން، އައްޑޫއަށް ކޮންޓެއިނަރުގައި ގެންދިޔުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *