ސިނަމާލެ ބްރިޖް ސަރަހައްދު -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ސިނަމާލެ ބްރިޖްގައި ދުއްވުމަށް ކަނޑައަޅާފައި އޮންނަ ދުވެއްޔަށްވުރެ ބާރަށް ދުއްވާ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފުލުހުން ނަސޭހަތުގެ މެސެޖު ފޮނުވަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތައް ދެނެގަނެ، އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭގޮތައް އެ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް މިމަހުގެ 15އިން ފެށިގެން ނަސޭހަތުގެ މެސެޖެއް ފޮނުވޭނެ ކަމަށެވެ.

މިމެސެޖް ފޯރުކޮށްދޭ ގޮތަށް ބަލާލާއިރު ފުލުހުންބުނީ މިމެސެޖު ދާނީ ސައިކަލު ނުވަތަ އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ މޯބައިލް ނަމްބަރަށެވެ.އަދި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ފޯނަށް ފޮނުވާ މެސެޖުގައި ދުއްވި ތާރީޚާއި ގަޑި އެނގޭނެހެން ޤަވާއިދާ ޚިލާފުވެފައިވާކަން ބަޔާންކޮށްފައިވާނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.މީގެ އިތުރުން ފުލުހުން ފޮނުވާ މެސެޖުގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަން ވެސް ފުލުހުންވަނީ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ޤަވާއިދާއި ޚިލާފުވާކަން ދެނެގަންނާނީ ބްރިޖު ސަރަހައްދުގައި ހަރުކޮށްފައިވާ ސްޕީޑް ކެމެރާތައް ބޭނުންކޮށްގެން ކަމަށާއި އެސަރަހައްދުގައި މިހާރުވެސް ފުލުހުން ޓްރެފިކް ބެލެހެއްޓުމުގައި އަބަދުވެސް ހަރަކާތްތެރިވަމުންދާކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މިކަން މިގޮތަށް ކުރަން ޖެހުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ބްރިޖުން ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ބޭނުމުގައި ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *