ލަންދޫ ޕްރީ ސްކޫލް ބެލެނިވެރިންނަށް އުރީދޫ އިން ޑިޖިޓަލް ފައިނޭންސް އަދި އެމް- ފައިސާ ގެ ޓްރޭނިން ސެޝަނެއް ބާއްވައިފިއެވެ.

މި ޓްރެއިނިން ސެޝަންގެ މަގްސަދަކީ ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާ ކުރުމުގެ ގޮތުން ޑިޖިޓަލް ފައިނޭންސްގެ ހިދުމަތްތަކަށް އަހުލުވެރި ކުރުމަށްކަމަށް އުރީދޫއިން ބުނެއެވެ. އެގޮތުން ޖިޓަލް ފައިނޭންސް މެދުވެރިކޮށް ފަހި ވެގެންދާ ފުރުސަތުތަކާއި ފަސޭހަ އަދި އެމް ފައިސާ ބޭނުންކުރާނެ ގޮތް ކިޔާދީފައި ވާނެ ކަމަށާއި ލަންދޫ ކައުންސިލްގެ ހިދުމަތްތަކަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކައުންސިލަށް ދައްކަންޖެހޭ ފައިސާ މިހާރު ދައްކާލެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް އެމްފައިސާ މެދުވެރިކޮށް ބިލް ދެއްކޭނެ ކަމަށް އުރީދޫން ބުނެއެވެ.

މީގެ އިތުރުން މި ހިދުމަތާ އެކު ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ލަންދޫގެ ރައްޔިތުންނަށް ފައިސާގެ މުއާމަަލާތް ކުރުމުގައި އިތުރު ލުޔެއް ލިބި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ބާރުވެރި މުޖުތަމައެއް ގާއިމުކުރެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އެމް-ފައިސާ ގެ ހިދުމަތަކީ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އުރީދޫ އެޕް މެދުވެރިކޮށް ބޭނުން ކުރެވޭ ހިދުމަތަކަށްވާއިރު އެމް-ފައިސާ ގެ ހިދުމަތައް އުރީދޫ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ރެޖިސްޓާ ކުރެވޭނެކަމަށް އުރިދޫއިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *