ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެގައި އަދި ރާއްޖޭގެ އެކި ރަށްރަށުގައިކަމަށްވާއިރު މި ހަރަކާތުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.

ބޭންކް އޮފް މޯލްޑީވްސްގެ މާލީ އެހީތެރިކަމާއި އެކު ބޭއްވި މިހަރަކާތުގެ މަގްސަދަކީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުށެވެ.

ކޮންމެ އަހަރަކު ވެސް އޮކްޓޯބަރު މަސް ފާހަގަ ކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައިކަމަށްވާއިރު މި ހަރަކާތަކީ 2016 އިން ފެށިގެން ކެންސާ ސޮސައިޓީން ބާއްވަމުން ގެންދާ ހަރަކާތެކެވެ.

ބީއެމްއެލްއިން ބުނީ އެ ޖަމިއްޔާއިން އަތޮޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްކްރީނިން ޕްރޮގްރާމަށް ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ވަނީ ހަމަޖެހިފައިކަމަށެވެ.

2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ކެންސާ ސޮސައިޓީ އަދި ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *