ރިޔާސީ އިންތިހާބުގެ 2 ބުރުގައިވެސް މާލެ ސިޓީން ބޮޑު ތާއީދެއް ލިބިގެން ދިޔަައީ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަަދައިން މުއިއްޒު ވިދާޅުވެފަިވަނީ މާލޭ ސިޓީ މޭޔަރޔގެ ގޮތުގައި ހުންނަވާ އެންމެ ފަހުފަހަރަށް މުވަށްޒަފުންނާ ބައަދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ހަފްލާގައެވެ.

މެއި 17، 2021 ގައި މޭޔަރު ކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށް މާލޭގެ ރައްޔިތުންނަށް ހިދުމަތް ކުރައްވަމުން ގެންދެވި އިރު، ކުރެއްވި ކޮންމެ މަސައްކަތެއް ހަގީގަތަކަށް ވުމުގެ އަޑީގައި ތިބީ ކައުންސިލްގެ މުވައްޒަފުންކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ހުރިހާ މުވައްޒަފުން، ކޮށް ދިން މިންނަތް މަސައްކަތް ފާހަގަ ކުރައްވައި މުއިއްޒު ވަނީ ހިތުގެ ފުން މިނުން އެ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ 2 އަހަރާއި މަސްތަކެއް ވަންދެން މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ކަންކަން ރަނގަޅަށް ގެންދެވުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި އިރު ގޮންޖެހުންތަކެއްވެސް ކުރިމަތިވި ކަމަށެވެ. އަދި އެ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މާލެއަށް ފުރިހަމަކޮށް ކަންކަން ކޮށް ދެވުނީސް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މަގުތައް ހެދިފައި ހުންނާނެ ކަމަށާއި ޕާކިން މަލްޓިސްޓޯރީ އެތައް ބިލްޑިންއެއް އަޅައި ޕާކިންގެ ބޮޑު މައްސަލަ އަށް ވެސް ހައްލެއް ލިބޭނެ ކަމަށް މުއިއްޒު ފާހަގަކުރައްވާ ވިދާޅުވީ އެކަންކަން ކުރުމަށް އެންމެ ފަހު މަރުހަލާ އާ ހަމައިން ހުއްދަ ނުލިބި މަސައްކަތް މަޑު ޖެހިފައި އޮތް ކަމަށެވެ.

މީގެ އިތުރުން ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ އާ ސަރުކާރުގެ މަސައްކަތް ފެށޭ ހިސާބުން އެ ހުރިހާ ކަމެއް ފަހިކޮށްދީ މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މި ހަފްލާގައި ކައުންސިލްގެ މުވައްޒަފުން ބައިވެރިވެފައިވާ އިރު މުވައްޒަފުންގެ ފަރާތުން ވަނީ މުއިއްޒަށް ހާއްސަ މެސެޖެއް ދީފައެވެ. އެގޮތުން މާލެސިޓީ ކައުންސިލްގެ 4 ވަަނަ ދައުރާ ހަމައަށް އައި މޭޔަރުންނަށް ބަޅާއިރު ވެސް މުއިއްޒު ފަދަ ހިންގުންތެރި މޭޔަރެއް ވަޑައިނުގަންނަވާ ކަމަށް މުވައްޒަފުން ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *