އިޒްރޭލުގެ އުދުވާންތަކުގައި ޣައްޒާއިން  ޝަހީދުކޮށްލި މީހުންގެ އަދަދު 2215 އަށް އަރައިފިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 2000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާތަކުގައި ޣައްޒާއިން 724 ކުޑަކުދިން ވަނީ ޝަހީދުވެފައެވެ.އަދި އޭގެތެރޭގައި 458 އަންހެނުން ހިމެނެއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި 8،700 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 24 ގަޑީރުތެރޭގައި އެކަނިވެސް ޣައްޒާގެ 250 އަށް ވުރެ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އަދި މީގެ އިތުރުން އެތައް ބައެއްގެ ގެދޮރު ސުންނާފަތިވެ މަގުމަތިވެފައިވާ އިރު، އިޒްރޭލުން ވަނީ ޣައްޒާގެ 1.1 އަށްވުރެ ގިނަ ރައްޔިތުން، 24 ގަޑިއިރުގެ ތެރޭގައި ދެކުނަށް ބަދަލުވުމަށް އިންޒާރު ދީފައެވެ. ނަމަވެސް އދ. އިން ވަނީ އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. ބުރާސްފަތި ދުވަހު އދ. އިން ވަނީ އިޒްރޭލުން އެ އިދާރާއަށް އެކަން އެންގި ނަމަވެސް އެކަމާ އެއިދާރާއިން ދެކޮޅު ހަދާ ކަމަށް ބުނެފައެވެ.

އިޒްރޭލުން ވަނީ ދެ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޣައްޒާ އިން، އާންމުން އެމީހުންގެ އަމިއްލަ ރައްކާތެރި ކަމަށް އެ ސިޓީ ދޫކޮށް ދެކުނަށް ފޭބުމަށް އަންގައި ޣައްޒާއަށް ކަރުދާސްތަކެއްވެސް އަޅައިފައެވެ. އަދި ޣައްޒާ ހޮސްޕިޓަލުތަކުގައި ޒަހަމްވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން އެހެން ތަނަކަށް ގެންދިއުމަށްވެސް ވަނީ އަމުރު ކޮށްފައެވެ.

މިކަމާ ގުޅިގެން ވޯލްޑް ހެލްތް އޯގަނައިޒޭޝަނުންވެސް ވަނީ މިއީ ޣައްޒާގެ ހޮސްޕިޓަލުތަކުގައި ޒަހަމްވެފައިވާ މީހުން އެތަނުގެ ހޮސްޕިޓަލުން އެހެން ތަނަކަށް ގެންދިއުން އެކަށީގެންވާ ދަނޑިވަޅެއް ނޫން ކަމަށާއި އެއީ ލައިންސާނީ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *