މާލޭގައި ހުންނަ ސްޓެލްކޯ ހެޑް އޮފީސް

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މިއަދު ކުރިއަށް ގެންދާތީ މާފަންނުގެ ޝާރިއު ވަރުދީ މަގާއި، ޝާރިއު ވަރުދީ ހިނގުމާއި، ކުއްޅަވަށް ގޯޅިއާއި، ހަވީރީ ހިނގުމާއި، ފީރޯޒު މަގާއި، ގަނދަކޯޅިމަގާއި، ކުޅިދޮށު މަގާއި، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ލަފާކޮށްފައިވަނީ މެންދުރު 13:30 އިން 14:45 އާއި ދެމެދެވެ.

ސްޓެލްކޯއިން ފޯރުކޮށްދޭ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކުރަމުންދާތީ މިއަދު ހެނދުނުވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *