މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ

މިއަދު ކުރިއަށްގެންދާ މީރާގެ "ކޮމްޕްލަޔަންސް ޑޭ" ގެ ހަރަކާތުގައި މީރާގެ ޓީމުތަކުން މާލެއާއި މީރާގެ އޮފީސްތައް ޤާއިމުވެފައިވާ ރަށްރަށުގެ ވިޔަފާރިތަކަށް ޒިޔާރަތް ކުރާނެކަމަށް އެ އޮތޯރިޓީއިން މިއަދު ބުނެފިއެވެ.

މީރާގެ "ފަންސައާހި" ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑި އަށް ޓެކްސް ބަޔާން ހުށަހެޅުމުގައި ދިމާވާ ދަތިތައް ދެނެގަނެ، އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ކަނޑައަޅަާފައިވާ ސުންގަޑިއަށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސަބަބުން، "ކޮމްޕްލަޔަންސް ސްކޯ" ރަނގަޅުވެ، އަދި މީރާއިން ޓެކްސް ދައްކާ ފަރާތްތަކަށް ދެވޭ ލުއިތަކުގައި އެ ފަރާތަކަށް އިސްކަން ދެވޭނެއެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މީރާގެ ޓީމްތައް ވިޔަފާރިތަކަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *