މާލޭގައި ހުންނަ ހޮޓެލް ޖެން ހިމެނޭ ސަރަހައްދު މިރޭ އިރުއޮއްސި 18:00 އިން ފެށިގެން 23:00 އަށް ހިނގާމީހުންނާއި އުޅަނދުތަކަށް ނުވަދެވޭގޮތަށް ބަންދުކުރާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

އެގޮތުން ހިނގާ މީހުންނަށާއި އުޅަނދުފަހަރަށް ބަންދުކުރެވޭ ސަރަހައްދުތަކަކީ އަމީރުއަހުމަދު މަގުންގޮސް ލޮޓަސް ގޯޅިއާއި ، އަދި އަމީރުއަހުމަދު މަގުން ގޮސް ބޮޑުތަކުރުފާނުމަގަށް ނިކުންނަ ގޯޅިއަށްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން އަމީރުއަހުމަދު މަގުގެ ކަނާތްފަރާތަށް ލަބާލާ ގޯޅި ތެރޭން މެދުޒިޔާރަތް މަގަށް ނިކުންނަ ސަރަހައްދާ ހަމައަށް ޕާރކުކޮށްފައިވާ އުނޅަނދުތައް ނެގުމަށް  ފުލުހުން ވަނީ ހަމަޖައްސާފައެވެ.

ފުލުހުން ބުނީ މިސަރަހައްދުތަކުގެ ޓްރެފިކް ފްލޯރއަށް ބަދަލު ގެނެވޭނެ ބަދަލުތައް ހިމެނޭ ކުރެހުމެއް އެކްސްގައި އާންމުކޮށްފައެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *