އަހުމަދު ނިހާން ހުސައިން މަނިކް / ފޮޓޯ: ވަން އޮންލައިން

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ ލޯނެއް ނުދައްކައިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ އެޕާޓްމެންޓެއް ވިއްކާލުމުގެ ހުއްދަ، ސިވިލް ކޯޓުން އެ ބޭންކަށް ދީފިއެވެ.

ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސްގައި ހަދާފައިވާ އެޕާޓްމަންޓެއް އިސްލާމިކް ބޭންކް މެދުވެރިކޮށް ނިހާން ގަނެފައިވަނީ 4.2 މިލިއަން ރުފިޔާ އަށެވެ. އިސްލާމިކް ބޭންކުން ދޫކުރި ފައިނޭންސް ފެސިލިޓީއެއްގެ ތެރެއިން މި އެޕާޓްމަންޓް ގަނެފައިވަނީ ބޭންކްގައި އެތަން ރަހުނު ކުރުމަށްފަހުއެވެ.

ބޭންކުން ނިހާނަށް ދީފައި ވަނީ 4،023،314.19ރ. ފެ ލޯނެކެވެ. މީގެ ތެރެއިން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އޮތީ ނުދައްކައެވެ.

މި މައްސަލާގައި އެޕާޓްމަންޓް ވިއްކާލުމުގެ ހުއްދަ ކޯޓުން އެމްއައިބީ އަށް ދޭން ހުކުމްކޮށްފައި ވަނީ ނިހާނުގެ ޢައިރު ހާޒިރުގައެވެ.

ސަބަބަކީ މައްސަލައާއި ގުޅޭ ކޯޓުގެ ޗިޓާ ހަވާލުވި ނަމަވެސް ކޯޓަށް ހާޒިރު ނުވުމުން ކަމަށް ސިވިލް ކޯޓުން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *