ރާއްޖޭގެ އުތުރުގެ 8 ރަށަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިން ބުނެފިއެވެ.

އެންޑީއެމްއޭއިން ފެންބޮޑުވިކަމަށް ރިޕޯޓްކޮށްފައިވަނީ ހއ އަދި ހދ. އަތޮޅުގެ ރަށްތަކުންނެވެ. ހދ. ފިނޭ، ހއ. ހޯރަފުށި، ކެލާ، މުރައިދޫ، ތަކަންދޫ، ދިއްދޫ، އުތީމު އަދި ތުރާކުނުންވެސް ފެންބޮޑުވެގެން އެންޑީއެމްއޭއިން ވަނީ ރިޕޯޓްކޮށްފައެވެ.

މީގެތެރެއިން ބައެއް ރަށްތަކުން ފެން ހިންދުމުގެ މަސައްކަތް، އެމް.އެން.ޑީ.އެފްގެ ނޮދަރން އޭރިއާ ކޮމާންޑްގެ އެހީގައި ކުރިއަށްގެންގޮސްފައިވާއިރު ތަކަންދޫގައި ދެ ޕަމްޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމުގެ މަޢުލޫމާތު ދީފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މީގެ އިތުރުން އެމްއެންޑީއެމް އިން ބުނީ އެއްފަހަރާ ގިނަ ރަށްތަކެއްގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެވެސްވަރެއްގެ ދަތިތަކެއް ކުރިމަތިވަމުންދާކަމަށާއި ފެންބޮޑުވެ ގޭގެއިން މީހުން ބަދަލުކުރަންޖެހޭ ޙާލަތަށް އެއްވެސް ރަށެއްގައި ގޮސްފައި ނުވާކަމަށެވެ. ނަމަވެސް ގޭގެއަށް ފެން ވަދެ، ބައެއް ކަހަލަ ގެއްލުންތައް ވެގެން އަންގާފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދު ކުރި ވިއްސާރައިގެ އިތުރުން، ކުރިއަށް އޮތް 24 ގަޑިއިރުވެސް އުތުރަށް ވިއްސާރަވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މެޓުން ރެކޮޑްކޮށްފައިވާގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް 40 މިލިމީޓަރަށް ވާރޭ ވެހިފައިވާކަމަށް ހާމަވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *