ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ޖެނުއަރީ 17 ގެ ކުރިން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ މާލޭގެ މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި އެހެންވެ، ތާއީދާއި ލޯތްބާއި ދުއާ ވަަރށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ކަމުން ހުސައިން ވަހީދު ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު 2015 ގައެވެ.

މާލޭގެ މޭޔަރުކަމުގެ އިންތިހާބު ބާއްވަން ޖެހުނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 30 ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެ ގޮނޑި ހުސްވާތީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *