ހުޅުމާލޭގައި ހުންނަ ޕޮލިސް ސްޓޭޝަން

މާލޭގެ ކްލިނިކެއްގައި ހަށިވިއްކަން ތިބި މައްސަލައެއްގައި ތިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކި މައްސަލައެއްގައި ރޭ ހައްޔަރު ކުރީ ތިން ދިވެހީން ކަމަށެވެ. އެއީ 35 އަހަރާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ، އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.

އިތުރު މައުލޫމާތެއް ހިއްސާނުކޮށް ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *