އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފޮޓޯ: ވަން އޮންލައިން

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއިއެކު މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރުމަށް ކަމަށާއި ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ އޮފީހުުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ަބއްދަލުވުމުަގއި އަބްދުއްރަހީމް ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީ އައި ފަހުން ކޮންމެ ފަސްއަހަރަކު ސަރުކާރު ބަދަލުވަމުންދާ ކަމަށެވެ. ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ޤައުމެއްގެ ހުރިހާ ރަށެއްގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމުގައި ފަސްއަހަރު މަދު ކަމަށާއި، ކާމިޔާބު ސަރުކާރެއް ހިންގާ ތަރައްޤީ ގެނެވޭނީ އެއް ސަރުކާރެއް އެއް ފިކުރެއް 10 އަހަރަށް ދެމިގެން ގޮސްގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް މުއިއްޒު ކުރިމަތިލައްވާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްފަހު ކަމަށެވެ. ރައްޔިތުން އެދޭގޮތަށް ތަރައްޤީ ގެނެސްދެއްވާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައިވާ ކަމަށްވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ވެރިކަމަށް މި އަންނަނީ ބާރު ސްޕީޑުގައި ތަރައްޤީގެ މަސައްކަތްތައް ކުރިޔަށް ގެންދަން ކަމަށެވެ. މިއީ ޕީއެންސީން ރިޔާސީ އިންތިހާބެއްގައިވާ ފުރަތަމަ ފަރަހަށް ވާދަކުރައްވާ އިންތިހާބު ކާމިޔާބުކުރެއްވި ފަހަރެވެ. ޑރ. މުއިއްޒު އިންތިހާބުވެވަޑައިގެންނެވީ ރައީސް ޔާމީނުގެ "ހިޔަނީގައި"  ޕީޕިއެމްގެ ސަޕޯޓަރުންގެ ތާއީދާއެކުގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *