ރާއްޖެ އެތެރެކުރަން މަސްތުވާތަކެތި - ފޮޓޯ: ކަސްޓަމްސް

ރާއްޖެއަށް ވައިގެމަގުން އެތެރެކުރަން އުޅުނު 5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ފާކިސްތާނުން ރާއްޖެއައި ޕާކިސްތާނު ރައްޔިތެއްގެ ލަގެޖުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި ތަކެތި އަތުލައިގެންފަިއވަނީ 7 އޮކްޓޫބަރު 2023 ވަނަ ދުވަހު ރާއްޖެއައި ޕާކިސްތާނުގެ 20 އަހަރުގެ އަންހެނެއްގެ އަތުން ކަމަށާއި، އޭނާގެ ލަގެޖުގައި ރައްކާކޮށްގެން އެތަކެތި ގެނެސްފައިވާއިރު، އޭނާ އާއި މެދު ޝައްކު ކުރެވިގެން ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

އަދި އޭނާގެ އަތުން އަތުލައިގެން ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެތަކެތީގެ ބަރުދަނުގައި 4،720 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *