ދިވެހި ޕާސްޕޯޓްތަކެއް

ދިވެހި ޕާސްޕޯޓް ގެއްލިގެން ހައްދާ ނަމަ ނަގަމުން އައި ޖޫރިމަނާގެ އަދަދު 2000ރ އަށްވުރެ ބޮޑު ނުވާ ގޮތަށް ހަދަން ނިންމާ ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

މީގެ ކުރިން ޕާސްޕޯޓް ގެއްލިއްޖެނަމަ 5000 އާއި 20،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއެވެ. ކުރިން އުސޫލު އޮންނަ ގޮތުން ފުރަތަމަ ފަހަރަށް ގެއްލިއްޖެނަމަ 5000 ރުފިޔާ، ދެވަނަ ފަހަރަށް ގެއްލިއްޖެ ނަމަ 10،000 ރުފިޔާ އަދި ތިންވަނަ ފަހަރަށް ގެއްލިއްޖެނަމަ 20،000 ރުފިޔާ ގެ ޖޫރިމަނާ ދައްކަން ޖެހެއެވެ.

މިހާރު ގެޒެޓްގައި ޝާއިއު ކޮށްފައިވާ ދިވެހި ޕާސްޕޯޓާއި ބެހޭ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓް ގެއްލުނީ އިހުމާލުން ނޫޏްކަން އެނގޭ ޕޮލިސް ރިޕޯޓަކާއި އެކު ހުށަހެޅުމުން 2000ރ އަށް ވުރެ ބޮޑޫ ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.

ޕާސްޕޯޓާއި ގުޅޭ ގޮތުން ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތްނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް އިމިގްރޭޝަނުން ދޫކުރާނެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސެއް ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެމީހެއްގެ ބެލެނިވެރިޔާ ނުވަތަ ޝަރުއީ ގޮތުން ބަލަދުވެރިޔާގެ ޒިންމާއެއް ކަމަށްވެސް އެ ގަވާއިދުގައި ބުނެފައިވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *