ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓު - ފޮޓޯ: އަލީ މާހިރު

ފުލުހެއްގެ އަނގަމަތި ފަޅާލި މީހަކަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

މި ހުކުމް އިއްވާފައިވަނީ ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

ފުލުހެއްގެ އަނގަމަތީގައި ޖަހާ ފަޅާލީ ހޮޅުދޫ، ނަސީމީވިލާ، އަލީ ނިޒާމްއެވެ. އޭނާގެ މައްޗަށް އެރަށު މެޖިސްޓްރޭޓް ކޯޓުން އިއްވާފައިވާ ހުކުމަކީ ދެ އަހަރާއި ހަތަރުމަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ނިޒާމް ވަނީ ދެ ފުލުހަކަށް އަނިޔާކޮށްފައެވެ. އެތަނުން އެއް ފުލުހެއްގެ އަނގަމަތި ފަޅާލާ އޭނާ ދިރިއުޅޭ ގެއަށް ވަދެ ގޭތެރޭގައި ހުރި ތަކެއްޗަށް ގެއްލުންވެސް ދީފައިިވެއެވެ.

މި އަމަލުތަކާއި ގުޅިގެން ދައުލަތުން ނިޒާމްގެ މައްޗަށްއުފުލީ ގަސްދުގައި މީހަކަށްއަނިޔާއެއް ދިނުމުގެ ދައުވާއެވެ. ޝަރީއަތުގައި އޭނާ ކުށަށް އއިއުތިރާފްވެ ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފައިވެއެވެ. ނަމަވެސް ގާޒީ ނިންމެވީ ދެ އަހަރާއި ހަތަރުމަހާއި 24 ދުވަހަށް ނިޒާމް ޖަލަށްލުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *