މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް މިއަދު ނަޝީދަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނަޝީދަށް އެ ނޯޓިސް ފޮނުވާފައިވާއިރު، ނަޝީދުވެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުންނެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ 49 މެންބަރުންގެ ސޮޔާއި އެކުގައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ދުވަހެއްގައި ބާއްވާ ޖަލްސާއަކަށް އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ.

އަދި އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިިން ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި އެކަމަށް ކަނޑައަޅާ ވަގުތު މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅަން ޖެހޭނެއެވެ. އަދި އެ މައްސަލަ އެޖެންޑާ ކުރުމަށްފަހު ދެން މަޖިލީހުގެ މަސައްކަތްތަށް ކުރެވޭނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހުގައި ކަމަށް މަޖލީހުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮވެއެވެ.

އެމްޑީޕީން ވަނީ މީގެ ކުރިންވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ނަޝީދު އެ މައްސަލަ އެޖެންޑާ ނުކުރައްވާ ރިޔާސީ އިންތިހާބާއި ޖެހެންދެންވެސް ދިގު ދަންމާލީއެވެ. އެންމެ ފަހުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ކުރައްވާނެ ކަމުގެ އުންމީދުގައި އެމްޑީޕީން ވަނީ މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.

މި ފަހަރު އެ މައްސަލަ އަބުރާ ނުގެންދަވާނެ ކަމަށް ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *