ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ -- ފޮޓޯ: މަޖިލިސް

ހދ. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެމްޑީޕީން ވަކިވެވަޑައިގެންފައި ނުވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައި ވަނީ ޣަފޫރު އެމްޑީޕީން ވަކިވެވަޑައިގެން އިދިކޮޅު ޕީއެންސީ އަށް ސޮއިކުރައްވާ މަންޒަރު ފެންނަ ފޮޓޯއެއް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މިރޭ ޓްވިޓާގައި އާންމުކުރެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ ޣަފޫރަކީ އެމްޑީޕީއަށް ވަފާތެރި މެންބަރެއް ކަމަށެވެ. އޭނާ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ ކަމަށް އަދި އެއްގޮތަކަށްވެސް އެނގިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ޕީއެންސީގެ މެންބަޝިޕް ފޯމެއްގައި ޣަފޫރު ސޮއިކުރައްވާއިރު އަރިހުގައި އިންނަވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. ނަމަވެސް އެ ފޮޓޯ އިން ފެންނަ ގޮތުގައި ޣަފޫރު ސޮއިކުރައްވަނީ ފޯމުގައި ހިމެނޭ ހެކިވެރިޔާގެ ގޮޅީގަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި އެކު ރައީސް ސޯލިހުގެ ސަރުކާރުން ގެންނަން ނިންމާފައިވާ ބޮޑުތިދަލުން މަތީގެ ބޮޑު ބަދަލުގެ އެއް މޭސްތިރިއަކީވެސް މެންބަރު ޣަފޫރެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީއަށް ކެމްޕޭންކޮށްދެއްވާ ބޮޑެތި ކެމްޕޭން ޖަލްސާތަކުގައިވެސް އެމްޑީޕީގެ އުފާވެރި އަމާން ރާއްޖެ މެނިފެސްޓޯގެ ރައްޔިތުންނަށް ކިޔާދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *