މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނެރުނު ތަފާސް  ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން 39،481 މީހަކު ވަނީ ރިޕޯޓުކޮށްފަ އެވެ. މި އަދަދު މިދިޔަ އޮގަސްޓު މަހު ހުރީ 28،718 ގައެވެ.

އަރިދަފުސް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ.

ނިވާކުރުމަށް ޓިޝޫއެއް ނެތްނަމަ، މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުމަށާއި ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލައިލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *