ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު

އިންތިގާލީ މަރުހަލާގައި ދައުލަތް ހުއްޓުމަކަށް ގެނެސް ނުބޭއްވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން  އޮންލައިން  ނޫހަކަށް  ދިން  އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން އަމަލު ކުރަމުން ދަނީ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. މިއުވާން ވިދާޅުވީ ސަރުކާރުން ކަންކަން ކުރާނީ ޓްރާންސިޝަން ކޮމިޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަތްކަމެއް ނުކުރުމަށް، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ވަނީ އަންގަވައިފައެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި ދެ ގައުމަކަށް ސަފީރަކު ކަނޑައެޅުމަށްޓަކައި ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމަށް އިއްޔެ ވަނީ ކޮމިޓީއަށް ފޮނުވައިފައެވެ.

މި މައްސަލައިގައި އިންތިހާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް ވަނީ އިންތިގާލީ މަރުހަލާގައި އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވީ ސަފީރުން އައްޔަންކުރުމާ ގުޅޭ މަސައްކަތްތަކަކީ ރާއްޖެއިން އެކަން ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެއީ އެ އައްޔަންކުރެވޭ ގައުމެއްގެ ފަރާތުން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *