ހަނދުކޭތަ ހިފާފައި ހުންނައިރު ހަނދު ފެންނަން ހުންނަ ގޮތް - ފޮޓޯ: ގެޓީ

އޮކްޓޯބަރު 14 ވާ ހޮނިހިރު ދުވަހު އިރުކޭތައެއް ހިފާ، އުޑުމަތި އެއްކޮށް އަނދިކޮށްލާނެ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.

އޮކްޓޯބަރު މަހު ހިފާ މި ކޭތައަށް ކިޔަނީ އެނިއުލާ ނުވަތަ "ރިންގް އޮފް ފަޔާ" ކަމަށާއި މި ކޭތައަކީ، ހަނދު އިރުގެ ކުރިމަތިން ކަށްޗަކަށް ވާގޮތަށް ދައުރުވާ ވަގުތު، 'ހެލޯ އިފެކްޓެއް' އުފެދޭ ފަދަ ކޭތައެށްކަމަށް ނާސާ އިން ބުނެއެވެ.

ތަފާތަކީ އޭޕްރިލް 2024 ގައި ހިފާ ކޭތަ ފަދައިން ދުނިޔެއިން ހަނދު ފެންނަ ސައިޒުން އިރުގެ މޫނުމަތި މުޅިން ނިވާވެ، އޭގެ ހިޔަނިގަނޑުގެ ސަބަބުން ދުވާލު ކުޑަ ވަގުތުކޮޅަކަށް 'ރޭގަނޑަކަށް' ބަދަލުވެގެން ދާކަމެވެ. މި ކޭތަ ހިފާވަގުތު އިރުގެ ބައްޓަން ހުންނާނީ ޅަސަނދު (ކްރެސެންޓް) އެއްގެ ބައްޓަމަށެވެ.

މި ކޭތަ ހިފުމުގެ ތެރޭގައި ފިނިހޫނުމިން ދަށްވެ، ކޭތަ ފެނިގެންދާނެ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ދުވާލު ގަދަ އަނދިރި ގަނޑެއް ފެނުން އެކަށީގެންވާކަމަށް ނާސާއިން ބުނެއެވެ. މި ކޭތައާއި ބެހޭ ގޮތުން ދިރާސާ ކުރާ މާހިރުން ބުނީ ޖަނަވާރުތަކާއި ސޫފިތަކާއި އަދި ދޫނިތަށް އިރުއޮއްސޭ ވަގުތު ނުވަތަ ފަތިސް ވަގުތު ފަދައިން އެ ގަޑީގައި ނިކުމެ ހަރަކާތްތެރިވެ އުޅޭނެކަމަށެވެ.

މީގެ އިތުރުން ނާސާއިން ބުނީ އެމެރިކާއަށް މިކޭތަ ފެންނާނީ އެތަނުގެ އޮރެގަން އަށް ހެނދުނު 9:30 ފެށިގެން ގޮސް ނިމޭނީ ޓެކްސަސް އަށް މެންދުރު 12:03 އާ ހަމައަށް ކަމަށެވެ. ދުނިޔޭގެ ބައެއް ހިސާބުތަކަށް މި ކޭތަ 4 މިނެޓަށް ވުރެ ގިނަ އިރު ވަންދެން ފެންނާނެކަމަށްވެސް ނާސާއިން ބުނެއެވެ. އަދި ފަރުބަދަ ފަދަ އުސް ސަރަހައްދުތަކުން ކޭތައިގެ ހިޔަނި ފެތުރެމުންދާ މަންޒަރު ބަލާލެވޭނެ ކަމަށް ނާސާއިން ބުނެއެވެ.

މި ކޭތައިގެ ސަބަބުން ރާއްޖެ ހިމެނޭ ސަރަހައްދަށް އެއްވެސް އަނދިރި ކަމެއް ނާންނާނެއެވެ. އެނިއުލާ އިރުކޭތަ ފެންނާނީ އެމެރިކާގެ އިތުރުން މެކްސިކޯ އާއި ދެކުނު އެމެރިކާ އާއި ސެންޓްރަލް އެމެރިކާގެ ގައުމުތަކަށެވެ. އަދި ވެސްޓާންސް ހެމިސްފެއާގެ އެތަށް މިލިއަން މީހުންނަށް މި ކޭތަ ތަޖްރިބާ ކުރެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *