ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި އެމްއެންޕީން ވާދަކުރާނީ ޕީޕީއެމް/ޕީއެންސީއާ ގުޅިގެން ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން އަންގާރަ ދުވަހުގެ ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކައުންސިލ ބައެއް މެންބަރުން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ. އަދި، އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަ މަޖިލިސް އިންތިޚާބުގައި ވެސް ތިން ޕާޓީން ވާދަކުރާނީ ގުޅިގެންތޯ ސުވާލު އުފައްދައިފައިވެއެވެ.

ސުވާލުތަކަށް ޖަވާބެއް ދެއްވަމުން ނާޒިމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީއާ އެކު ހަދާފައިވާ ކޯލިޝަން އެއްބަސްވުމުގައި ވާގޮތުން، ކުރިއަށް ހުރި އިންތިޚާބުތަކުގައި ތިން ޕާޓީން ވާދަކުރާނީ ގުޅިގެން ކަމަށާއި އޭގެ މާނައަކީ އެންމެން ޕްރައިމަރީއެއްގައި ވާދަކުރާ ހާލަތެއް އައިސިއްޔާ، އެ ޕްރައިމަރީއަކުން މޮޅުވާ މީހަކަށް ހުރިހާ ޕާޓީއަކުން ތާއީދު ކުރާ އުސޫލެއް ހަމަޖެހިފައި އޭގައި އޮންނާނީ ލިޔެވިފައި ކަމަށެވެ.

މީގެ އތުރުން ނާޒިމް ވިދާޅުވީ އެންމެ އަވަހަށް އޮންނާނީ އިންތިޚާބީ ރައީސް ޑރ . މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމާ އެކު ހުސްވާ މާލޭގެ މޭޔަރު ކަމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބު ޖެނުއަރީ މަހުގެ 17ގެ ކުރިން ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައިކަން ނަޒިމް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *