ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ.ސެލީނާ، ޚަދީޖާ ނަޖީޙާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ސަފީރަކަށް ނަޖީޙާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފޮނުއްވި ސިޓީފުޅު މިއަދު މަޖިލީއަށް ވަނީ އިއްވާފައެވެ. ޚަދީޖާ ސަފީރުކަމަށް އައްޔަން ކުރެއްވުމުގެ މަސަކައްކަތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ވަނީ މިވަގުތު އަރަބި އެކުވެރި އިމާރާތުގައާއި ބަންގްލަދޭޝްގައި ހުންނެވި ސަފީރުން ބަދަލުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ޚާރިޖީ ކޮމިޓީއަށް ފޮނުވައިފައެވެ.

މި މުއްދަތުގެ ތެރޭގައި މިފަދަ ބަދަލުތައް ނުގެނައުމަށް އިންތިހާބީ ރައިސް ޑރ.މުއިއްޒު އެދިވަޑައިގެންފައިވީނަމަވެސް ރައީސް ސޯލިޙު އެ ސިޓީތައް ފޮނުވާފައި ވަނީ އިންތިހާބީ ރައީސް އެކަމަށް އެދިވަޑައިގަތުމުގެ ކުރިންކަމަށް މައުލޫމާތުލިބެއެވެ.

ޕާކިސްތާނުގެ ސަފީރު ބަދަލުކުރުމަށް ރައީސް ޞޯލިޙު ސިޓީފުޅު ފޮނުއްވާފައިވަނީ އިއްޔެ ކަމަށް ވުމުން ބައެއް މެންބަރުން ވަނީ އެކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވައިފައެވެ.މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އަންނަ މަހުގެ ނޮވެމްބަރު މަހުގެ 17ގައި ރައީސް ޞޯލިޙުގެ ވެރިކަން ނިމިގެން ދާއިރު، އެއީ ޑިމޮކްރެޓިކް އުސޫލުން ކަންކުރަން ވާނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *