އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ

އެއްވެސް މީހަކަށް އެންމެންގެ ރުހުން ލިބުމަކީ ވާނެ ކަމެއް ނޫން ކަމަށާއި ކުރިއަށް ދާންވާނީ އެ ކަންކަމާ ކުރިމަތިލައިގެން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓާ އިމްރާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮތް ގޮތަކީ ހެޔޮ، ރަނގަޅު ކޮންމެ ކަމެއް ކުރަން އެދޭ މީހާ މީސްތަކުންގެ ރުހުމާއި، ނުރުހުމައް ނުބަލާ ކުރިއަށް ދިއުން ކަމަށެވެ.

ސޯޝަލް މީޑިއާގައި މީގެ ކުރިން އާންމުކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ފާޑުކިޔުންތަކާ ކުރިމަތި ނުލައި އިސްލާހީ މަސައްކަތް ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެ ކަމަށް ހީކުރުމީ ވަރަށްބޮޑު ކުށްހީއެއް ކަމަށް ބުނެފައެވެ.

އެހެންކަމުން ސިޔާސީ މަސައްކަތަށް ނިކުންނަން ވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙަންމަލު ކުރުމުގެ ވިސްނުމާ އެކީގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *