ލާމަރުކަޒީ އުސޫލުން އަތްފޯރާފަށުގައި ނަފުސާނީ ސިއްހަތުގެ ފަރުވާއާއި، އެހީތެރިކަން ލިބުމަކީ ދުޅަހެޔޮ، އުފެއްދުންތެރި، މުޖުތަމައެއްގެ ނާރެސް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ދެވަނަ ސައިކޮލޮޖީ ސިމްޕޯޒިޔަމް އަދި އެގްޒިބިޝަން އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑަމް ފަޒްނާގެ ވާހަކަފުޅުގައި ވަނީ މީހަކު ދިރިއުޅޭ ރަށަކަށް، މީހެއްގެ މާލީ ތަނަވަސްކަމަކަށް ނުވަތަ އެމީހެއްގެ ނަފްސާނީ  ހާލަތުގެ މިންވަރަށް ބެލުމެއްނެތި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމަކީ ކޮންމެ މީހަކަށްވެސް އަތްފޯރާފަށުގައި ލިބިގަނެވޭނެ  ހިދުމަތަކަށްވުން މުހިންމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.

ކަމުގެ ބޭނުމަކީ، މުޖުތަމަޢެއް ބިނާކުރުމުގައި ފަރުވާނުކުރެވި ހުރި ނަފުސާނީ މައްސަލަތަކުގެ ބުރައާނުލާ، ކޮންމެ މީހަކަށް ވެސް، އެންމެ އުފެއްދުންތެރި އެންމެ އުފާވެރި ގޮތުގައި އެ މީހެއްގެ ޚިދުމަތް މުޖުތަމަޢާ ޙިއްޞާކުރުމުގެ ހެޔޮކަން ލިބުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ، ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން، ސްކޫލްތަކަށް ޙާއްޞަ ޕްރޮގްރާމްތަކާއި ޕްރައިމަރީ ހެލްތްކެއާގެ ނިޒާމުގެ ތެރެއިން ނަފުސާނީ ޞިއްޙަތާ ބެހޭ މައްސަލަތައް ދެނެގަނެ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަމާއި، ވަޞީލަތްތައް ތަނަވަސް ކުރުން މުހިންމު ކަމުގައި ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، ސުލްޙަ މަސަލަސް އުފާވެރި އުފެއްދުންތެރި މުޖުތަމައުއެއް ބިނާ ކުރުމަށްޓަކައި، އެންމެ ފަރުދެއް ވެސް ބާކީވެގެންދިޔަނުދީ އެ މީހަކަށް އެކަށީގެންވާ ޙައްޤު ފަރުވާއެއް ލިބިދެވުމަކީ އެންމެން އެކުގައި ފުރިހަމަކުރަންޖެހޭ ޒިންމާއެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *