12 ޖުލައި 2023 އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ނާއިބު ރައީސް އިސްލާއީްލް ހަބީބު --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން، މާލޭގެ މޭޔަރުގެ މަޤާމަށް މީހަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަން ބާއްވަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މާލެ ސިޓީ މޭޔަރުގެ މަޤާމުގައި މިހާރު ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު، ނޮވެމްބަރު 17 ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހުވާކުރެއްވުމާއިއެކު މާލެ ސިޓީ މޭޔަރުގެ މަޤާމު ހުސްވާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، ބައި-އިލެކްޝަން ބާއްވަން އިޢުލާނުކުރާނީ އެލްޖީއޭއިން، އެ މަޤާމު ހުސްވިކަމަށް އެ ކޮމިޝަނަށް އެންގުމުން ކަމަށެވެ. ހަބީބް މީޑިއާ އަކަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެ މަޤާމު ހުސްވެފައިނުވާތީ ބައި-އިލެކްޝަނެއް ބާއްވާނެ ތާރީޚަކާ މެދު މަޝްވާކުރެފިފައި ނުވާކަމަށެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވެރިކަމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި އެލްޖީއޭ އިން އެކަން އަންގާތާ ފަސް ދުވަސް ތެރޭގައި އިންތިޚާބަށް އިޢުލާނު ކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ނިންމަވައިފައި ވަނީ، ވެރިކަމުގެ ހުވާ ކުރައްވަންދެން، މާލޭގެ މޭޔަރުގެ މަޤާމުގައި ހުންނެވުމަށެވެ. އެ މަޤާމުގެ ޒިންމާތައް މިހާރު ޙަވާލު ކުރައްވައިފައިވަނީ، މާލޭގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *