ފޮރިން މިނިސްޓްރީ

އޮމާން އިން 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ޝަރުތުތަކާއިއެކު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިން އޮމާންއަށް ދަތުރުކުރުމާގުޅޭގޮތުން 2023 މާރިޗު 30 ގައި އެ މިނިސްޓްރީން ޝާއިއުކޮށްފައިވާ ނޫސްބަޔާނުގައި ދީފައިވާ މަޢްލޫމާތުތަކަކީ އެވަގުތު އޮމާން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެއްވާފައިވާ ރަސްމީ މަޢުލޫމާތުކަމުގައެވެ.

ނަމަވެސް، އެއަށްފަހު އެ މިނިސްޓްރީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް 14 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެނީ ބައެއް ޝަރުތުތައް ފުރިހަމަވުމުންނެވެ.

ޝަރުތުތަކުގެތެރޭގައި:

1-    އިނގިރޭސިވިލާތް، އެމެރިކާ، ޝެންގަން ޤައުމުތައް، ކެނެޑާ، އޮސްޓްރޭލިއާ ނުވަތަ ޖަޕާންގެ މުއްދަތު ހަމަނުވާ ވިސާއެއް އޮތުން ނުވަތަ އެއިން ޤައުމެއްގެ ރަށްވެހިކަން އޮތުން.

2-    ހޮޓެލް ބުކިންގ، ދެކޮޅު ޓިކެޓް އަދި ހެލްތު އިންޝޫރަންސް އޮތުން.

އެހެންކަމުން އޮމާންއަށް ދަރުތުކުރައްވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާނަމަ ދުރާލާ ވިސާ ނަންގަވައިގެން ވަޑައިގަތުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި، އޮމާންއަށް ދަތުރުކުރާ ދިވެހިންނަށް އެއްވެސް ޝަރުތަކާނުލާ އޮން-އެރައިވަލް ވިސާ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމާގުޅޭގޮތުން އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކާ އެ މިނިސްޓްރީން މަޝްވަރާކުރަމުންގެންދާ ވާހަކަ ކަމަސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *