ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ---- ފޮޓޯ: ޔޫސުފް ސޮފްވާން

"ބިއޯންޑް"އާއި އެކު, އެއާލައިންގެ 1500 ވަޒީފާގެ ފުރުސަތު ދިވެހިންނަށް ފަހިވާނެ ކަމަށް ސިމްޑީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.

ރާއްޖެއިން އޮޕަރޭޓް ކުރާ, ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާ އެއާލައިން, ބިއޯންޑް ރަސްމީކޮށް ލޯންޗުކުރުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ މި އެއާލައިނުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ފުޅާވެގެންދާނެ މަގު ފަހިކޮށްދޭނެ ކަމަށެވެ.

އަދި މިހާރުވެސް ރާއްޖެއަކީ ޤައުމުތަކުގެ މެދުގައި މަޤްބޫލު ޤައުމެއް ކަމަށް ޑރ. ޝަކީލާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މި އެއާލައިނަކީ އޭވިއޭޝަން ދާއިރާގެ ހިދުމަތް ފުޅާކޮށް އާ އުސްމިންތަކަކަށް ގެންދަން މިސްރާބު ބަދަލުކޮށްލާނެ އެއާލައިނެއް ކަމަށްވެސް ޑރ. ޝަކީލާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *