ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ ގެ އެހީއަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ ކެތްރީން ހެސްވެލް، މިއަދު ވަނީ އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔަރާތެއް ކުރައްވާފައެވެ.

މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އދ. އިން ދެމުންދާ ފަންނީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ހެސްވެލް ވަނީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، އާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭނަށާއި މެނިފެސްޓޯގެ ވައުދުތައް ފުއްދެވުމަށް ފުރިހަމަ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.މީގެ އިތުރުން މުއިއްޒުގެ މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ހިމަނުއްވާފައިވާ ވައުދުފުޅަށް ހެސްވެލް ވަނީ ތައުރީފުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *