އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރޯމޯލްޑިވްސް ސިޔާސަތަށް އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސުޕްއާ ތައުރީފު ކުރައްވައިފިއެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ މިއަދު އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސުޕްއާ އާއި ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުން ބާއްވާފައިވަނީ އިންތިހާބީ ރައީސްގެ ގެކޮޅު މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް އަލްއުސްތާޛު ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. މުއިއްޒުގެ ޕްރޮ މޯލްޑިވްސް ހާރިޖީ ސިޔާސަތަށް ތައުރީފް ކުރައްވަމުން ޖެސުޕްއާ ވިދާޅުވީ ރާއްޖެއާއެކު ގުޅުން އިތުރަށް ބަދަހި ކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާ އާއި ދެމެދު އޮންނަ ގުޅުން އަންނަ ދައުރުގައި އިތުރަށް ހަރުދަނާ ކުރެވި، އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ތައުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދީ، އިންސާނީ ވަސީލަތް ބިނާކުރުމަށް ފޯރުކޮށްދޭ އެހީތެރިކަމަށް މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *