ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.

އަލީ އާދަމްގެ މައްސަލަ ބެލުމަށްފަހު، ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ. މީގެ ކުރިންވެސް އަލީ އާދަމްއާއި ގުޅޭ އެފަދަ މައްސަލައެއް ޖޭއެސްސީން ބަލާފައިވެއެވެ.

މިއަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަލީ އާދަމަށް އަންގައި ސަސްޕެންޑު ކޮށްފައިވާއިރު އޭނާ މިހާރުވެސް ހުރީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން އޭނާ މަގާމުން ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *