ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިއީ މުޅި މުސްލިމު އުންމަތް އެއްބައިވާންވީ ވަގުތު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ސޯޝަލް މީޑިއާގައި ވިދާޅުވީ ފަރުދީ ތަފާތުތަކާ މަސްލަޙަތުތައް އެއްފަރާތްކޮށްގެން މެނުވީ އުންމަތުގެ ކަރާމަތާއި ޝަރަފާއި އިއްޒަތް ވެސް ސަލާމަތްވާނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށާއި ކޮންމެ މުސްލިމަކު އެ މީހެއްގެ ދައުރު ފުރިހަމައަށް އަދާކުރަންވާނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވެފައި މިވަނީ ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައާއި ގުޅިގެން ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ދިފާއުގައި އިސްލާމީ އުންމަތް އޮތުމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ އެވެ. މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން މުހިންމުކަން އިމްރާން ވަނީ މީގެ ކުރިންވެސް ފާހަގަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *