ޕީޕިއެމް/ޕީއެންސޯ ކެމްޕޭނު ރީލޯންޗިން ހަފްލާގައި އަދުރޭ ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީޕީއެމް

ޑިމޮކްރެޓުންގެ އެދުމަކީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުން ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޑިމޮކްރެޓުންނާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ، އަލަށް އުފައްދާ ސަރުކާރަކީ އަދުލު އިންސާފު ގާއިމުކުރާ، ހަމަހަމަކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރަކަށް ހެދުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ރައީސް ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކުރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާ ކަމަށެވެ.

އަދި ކުރީގެ ސަރުކާރުގައި ޑިމޮކްރެޓުންގެ މެމްބަރުންގެ ތަޖުރިބާތައް ހިއްސާކޮށް، ދިމާވި ގޮންޖެހުންތަކުން އަރައިގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރިކަމަށް އަދުރޭ އެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑިމޮކްރެޓްސްގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ، އާ ސަރުކާރާއެކު ޑިމޮކްރެޓްސްއަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި، އަދި މަޖިލީސް ތެރެއިން ސަރުކާރަށް އެއްބާރުލުން ދޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިންތިޤާލީ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވާއިރު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 17ގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *