ޗައިނާ ސަފީރު

ޗައިނާގެ އިގްތިސާދު ކުރިއަރަމުންދާ ވަރަކަށް ދިވެހިރާއްޖެއަށް އޭގެ ހެޔޮ އަސަރުކުރަނެ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރ ވާން ލިޖިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ 74 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ  ޗައިނާއިން ބާރު އަޅަނީ ވެސް އަދި އިސްކަން ދީގެން ކުރިއަރުވަނީ ވެސް ޒަމާނީ ތަރައްގީ ކަމަށެވެ.

ސަފިރު ވިދާޅުވީ މި އަހަރަށް ބެލި ނަމަވެސް ޗައިނާގެ އިގްތިސޯދު 5.2 އިންސައްތައިގައި ކުރިއަރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަނޑް (އައިއެމްއެފް) އިން ލަފާކޮށްފައިވާ ކަމަށެވެ.

ޗައިނާއާއި ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޚާރިޖީ ގުޅުން ވަރުގަދަ އަދި ތަރައްގީގެ ދާއިރާތަކުގައި އެއްބާރުލުން ދެމުންގެންދާ ދެ ޤައުމުކަން ފާހަގަކުރައްވާ ސަފިރު ވިދާޅުވީ ޗައިނާއަކީ އަމިއްލަ ޤައުމަށް ކުރިއެރުން ލިބޭ ފަދައިން އެހެން ޤައުމުތަކަށްވެސް އިޤްތިޞާދީ ކުރިއެރުން ގެނެސް، ޚާރިޖީ ގުޅުން ބަދަހި ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމެއް ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމަ ހަސަން ޝަރަފުވެރިކޮށް ދެއްވި މި ރަސްމިއްޔާތުގައި އިންތިހާބީ ރައީސްގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުއްތަމަ ފަނޑިޔާރާއި ވަޒީރުންނާއި ސަރުކާރާއި ޕާޓީތަކުގެ އިސް އޮފިޝަލުންނާއި ބޭރު ގައުމުތަކުގެ ޑިޕޮލްމޭޓުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *