އިންތިހާބީ ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު, ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވA ދަރުބާރު އޮންނާނީ ނޮވެންބަރު މަހުގެ 17 ވަނަދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށާ އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަނީ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ނަމަވެސް އިންތިހާބީ ރައީސްގެ އެދި ވަޑައިގެންފައިވާ ގޮތަށް މިހާރު މަސައްކަތް ކުރަމުން ގެންދަނީ ނޮވެންބަރު 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ދަރުބާރު ބާއްވައި ހުވާ ކުރެއްވުމަށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މޫސުންތަން ނުދޭނަމަ ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *