އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމާމެދު ގޮތް ނިންމަވާނީ އެމަނިކުފާ ނޫންކަމަށާ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ އެވެސް އިތުބާރެއް ރައީސް ނަޝިދަށް ނެތް ކަމަށް އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމގެ މައްސަލަ ދެވަނަ ފަހަރަށް 49 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައިފައެވެ. މިމައްސަލަ ގާނޫނުގައި ވާގޮތަށް ކުރިއަށް ގެންދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރައީސް ނަޝީދު މަޖިލީހުގެ ގަވައިދާއެއްގޮތަށް ކަންކަން ނުކުރައްވާ ކަމަށާއި، މަޖިލީހުގެ އެޖެންޑާ ސެޓް ކުރުމުގައި މެޖޯރިޓީ ޕާޓީގެ ބަސް އެއްވެސް ވަރަކަށް ނުހިނގާ ކަމަށެވެ.

އަސްލަމް ވިދާޅުވީ، ނަޝީދުގެ މައްސަލަ މި ދައުރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް އެ މަނިކުފާނަށް ވިދާޅުވުނުވެވޭނެ ކަމަށެވެ. އަދި، އެ މަނިކުފާނު ރިޔާސަތުން ދުރުކުރަން ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އެމްޑީޕީ މެންބަރުންގެ ރޫހު ހުރީ މި ފަހަރު މި ކަން ހުއްޓާލާ ގޮތަށް ނޫންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މި ފަހަރު ދޫ ނުދެއްވާނެ ކަމަށާއި ނަޝީދު ރިޔާސަތުން ދުރުކުރަން އެމްޑީޕީގެ ހުރިހާ މެންބަރުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

އިއްޔެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި ނަޝީދު ވިދާޅުވީ، މިދިޔަ ދައުރުގައި ހުށަހެޅި އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަލުން އަނބުރާ ނަގާފައި އަލުން މި ދައުރުގައި ހުށަހަޅައިގެން ބަލައިގަންނަން ދަތިވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *