ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން މަޖިލިހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅީ 49 މެންބަރުންގެ ސޮޔާ އެކު އެވެ.

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކާއި ގުޅޭ އެތައް ބިލެއް މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް މައްސަލަތައް އެޖެންޑާ ކުރުމުގައި ނަޝީދު އިސްކުރައްވަނީ އަމިއްލަ މަސްލަހަތު ކަމަށާ އެއީ މަޖިލީހުގެ ގަވައިދާވެސް ހިލާފަށް ކުރާ ކަމެއް ކަމަށެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ބަލައިގަންނަން ދަތިވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މަޖިލިހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެއް މައްސަލަ ކަމަށާއި މި ފަހަރު މައްސަލަ ބަލައިގަންނަން ދަތިވާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *